ސަސްޕެންޝަންގައި ހުރި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އަހުމަދު އަލީ މަގާމުން އިސްތިއުފާ ދީފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އޭނާ މަގާމުން ސަސްޕެންޑްކުރީ ސިވިލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.
ސިވިލް ސާވިސް ކޮމިޝަނުން އަހުމަދު އަލީ މަގާމުން ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ މަހު ކުރީކޮޅުއެވެ.
އަހުމަދު މަގާމުން ސަސްޕެންޑް ކޮށްފައިވަނިކޮށް އިސްތިއުފާ ދީފައިވާއިރު، ޓީޗަރުންނާއި ޕްރިންސިޕަލުންގެ ވަޒީފާއާ ގުޅޭ މައްސަލަތަކެއްގައި މީގެކުރިންވެސް އަހުމަދުގެ މައްސަލަ ސިވިލް ސާވިސް ކޮމިޝަނުން ބަލާފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އަހުމަދު އަލީ އައްޔަނު ކޮށްފައިވަނީ 2019 ޖޫން 13 ވަނަ ދުވަހުއެވެ.