Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

އަންހެނަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

މީގެ ކުރިން ވެސް ގެވެށިއަނިޔާ ލިބިފައިވާ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އިތުރު ތަފުސީލެއް ނުދީ ފުލުހުން މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި އަންހެނަކަށް އަނިޔާކުރި މައްސަލައެެއް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މި މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުންނާއި ޖެންޑަ މިނިސްޓްރީ އަށް ރިޕޯޓްކުރާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނޭ އެއް މައްސަލަ އަކީ ގެވެށިއަނިޔާގެ މައްސަލަތަކެވެ.