މި އަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތަށް ބްރޯޑްކާސްޓިން ޕާޓްނަރެއް ހޯދަން ހުޅުވާލައިފި އެވެ.
ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނީ ޑްރާމާ މުބާރާތް ގެނެސްދޭން ޝައުގުވެރިވާ ޗެނެލްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 3310729 އިން ހޯދޭނެ އެވެ.
އޮފީސް ޓެލެޑްރާމާ މުބާރާތް މިހާތަނަށް ގެނެސްދިނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޓީވީއެމުންނެވެ.
މި އަހަރު މި މުބާރާތް މި ބާއްވަނީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ރޯދަ މަހަށް ހާއްސަކޮށްފައިވާ މި މުބާރާތުގައި ސަރުކާރުގެ ވަރަށް އޮފީސްތަކާއި ކުންފުނިތަކާއި ސްކޫލްތަކުން ވެސް ވާދަކޮށްފައިވެ އެވެ. އޮފީސް ޓެލެޑްރާމާ މުބާރާތުގެ ބޭނުމަކީ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުވެ.
އޮފީސް ޓެލެޑްރާމާ މުބާރާތުގައި ހުނަރު ދެއްކި ވަރަށް ގިނަ ބަޔަކު ރާއްޖޭގެ ފިލްމީ މަސައްކަތްތަކުން ވެސް ފެނިފައިވެ އެވެ.
މި މުބާރާތް އެންމެ ފަހުން ބޭއްވީ 2018 ގަ އެވެ.