Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފަށައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފަށައިފިއެވެ.

މި ޖަލްސާ އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ މެންބަރުން ބޮއިކޮޓް ކޮށްފައިވެއެވެ. ޖަލްސާއަށް ހާޒިރުވެތިއްބެވީ 24 މެންބަރުންނެވެ.

ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ "ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވާންވާނެ" ކަމަށެވެ.

މިއަދު މެންދުރު 02:00 ގައި ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. އެ ޖަލްސާގެ އެޖެންޑާގައިވަނީ އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުމުވެ.