Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

ޓޭލާގެ އާ އަލްބަމް އެޕްރީލް 19 ގައި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އާ އަލްބަމެއް އިއުލާންކޮށްފި އެވެ.

ރޭ ބޭއްވި ގްރެމީ އެވޯޑް ހަފުލާގެ ތެރޭގައި ކާމިޔާބު ފަންނާނު އިއުލާންކުރި ގޮތުގައި އޭނަގެ އާ އަލްބަމްގެ ނަމަކީ "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" އެވެ. އަދި މި އަލްބަމް އަންނަ އެޕްރީލް މަހުގެ 19 ގައި ނެރޭނެ ކަމަށް ވެސް ބުންޏެވެ.


ރޭ ބޭއްވި 66 ވަނަ ގްރެމީ ހަފުލާފައި 13 ވަނަ ގްރެމީ އެވޯޑް ހާސިލުކުރި ޓޭލާ ބުނީ "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" އަކީ ފާއިތުވި ދެ އަހަރުގެ މަސައްކަތް ކަމަށާއި އަލްބަމް އާންމުންނަށް ދޫކޮށްލަން ގާތްވަމުން އަންނަ އިރު އެކަމާ ވަރަށް އުފަލުން ހުރި ކަމަށެވެ. މި އަލްބަމަކީ 34 އަހަރުގެ ލަވަކިޔުންތެރިޔާގެ 11 ވަނަ ސްޓޫޑިއޯ އަލްބަމެވެ.

ޓޭލާ އެންމެ ފަހުން ނެރުނު އޮރިޖިނަލް އަލްބަމަކީ 2022 ގެ "މިޑްނައިޓްސް" އެވެ.

ކުރިން ނެރެފައިވާ އަލްބަމްތަކުގެ ތެރެއިން 2010 ގެ "ސްޕީކް ނައު" އާއި 2014 ގެ "1989" ގެ އިތުރު ވާޝަންތަކެއް ޓޭލާ މިދިޔަ އަހަރު ނެރުނެވެ.