Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

"ވާނުވާ" ނިމުމަކަށް ގެނައުމުގެ މަސައްކަތް މިމަހު ފަށަނީ

މާފުށި ޖަލު-- ފޮޓޯ: ދަ ޕްރެސް

ވަކި މުއްދަތެއްނެތި ބަންދުކޮށްފައި ތިބޭތިބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މިމަހު ފަށާނެ ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޤާނޫނުތައް އެކަށައެޅުމުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުން ކަމަށެވެ. ކުށްކުރާ މީހުންނަށް ރަނގަޅު މަގުދައްކައިދީ އަލުން މުޖްތަމަޢަށް ގެނައުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޖަލުތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް، އެއީ އޯގާވެރިކަމާއެކު އިސްލާހުކުރަން މަސައްކަތްކުރާ ތަންތަނަށް ހަދާނެ ކަމަށެވެ. އެކިއެކި ކުށްތަކުގެ ތަޙްޤީޤުގައި، "ވާނުވާ"ގައި ވަކި މުއްދަތެއްނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުމަކީ ރިޔާސީ އިންތިޚާބުގައި ވެފައިވާ ވައުދެއްކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.

"ތަޙްޤީޤަށް ހައްޔަރުކޮށްފައި "ވާނުވާ"ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނަން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

އަދި މިކަމުގައި ރައްޔިތުންގެ މަޖްލީހުގެ މި ފެށޭ ދައުރުތެރޭގައި ޤާނޫނަށް އިސްލާހު ހުށަހަޅާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.