Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

ސާރާ އާއި ކަރިޝްމާގެ "މާޑާ މުބާރަކް" ނެޓްފްލިކްސް އަށް

ބޮލީވުޑްގެ ބަތަލާ ސާރާ އަލީ ޚާންގެ އޭނަގެ ދޮންމަންމަ ކަރީނާ ކަޕޫރްގެ ދައްތަ ކަރިޝްމާ ކަޕޫރާ އެކީ ކުޅެފައިވާ ހޮރޯ ކޮމެޑީ "މާޑާ މުބާރަކް" އަންނަ މަހުގެ 15 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓީޒާއެއް މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ "ކޮކްޓެއިލް" އާއި "އަނގްރޭޒީ މީޑިއަމް" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ހޯމީ އަދަޖާނިއާގެ ޑައިރެކްޝަނެކެވެ. މި އަހަރުގެ އުންމީދީ ފިލްމުތަކުގެ ލިސްޓްގައި ހިމެނޭ "މާޑާ މުބާރަކް" ގެ ކާސްޓްގައި ވިޖޭ ވަރުމާ، ޕަންޖަކް ޓްރިޕަތީ، ޑިމްޕަލް ކަޕާޑިއާ، ސަންޖޭ ކަޕޫރް، ޓިސްކާ ޗޯޕްޅާ އަދި ސުހައިލް ނައްޔަރް ވެސް ހިމެނެ އެވެ.

މި ފިލްމަކީ ވަރަށް ގިނަ ދުވަސްތަކެއް ފަހުން ކަރިޝްމާ ،49، ކުޅުނު ފުރަތަމަ ފިލްމެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2012 ގެ "ޑޭންޖަރަސް އިޝްގް" އެވެ.