ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިިފި އެވެ.
ބީއެމްއެލްގެ ހިންގާ ގަވާއިދުގެ 47 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ ތެރެއިން މަދުވެގެން ތިން ޑިރެކްޓަރުންނަކީ އާންމު ހިއްސާދާރުން އިންތިހާބުކުރާ ޑިރެކްޓަރުންކަމުގައި ވާންޖެހެ އެވެ.
މި މަގާމަށް ކުރިމަތިލާ މީހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޕްރުޑެންޝިއަލް ރެގިއުލޭޝަންގައި ބުނާ "ފިޓް އެންޑް ޕްރޮޕަ ރިކުއަމެންޓްސް" ފުރިހަމަވާން ޖެހެ އެވެ.
ބީއެމްއެލް އިން ބުނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވާނެންސް ކޯޑުގައި ބަޔާކޮށްފައިވާ ގޮތުގެ މަތީން ބޭންކުގެ ބޯޑުގައި ޖެންޑަ ޑައިވާސިޓީ ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑުގެ މެންބަރުންގެ ގޮތުގައި އަންހެން ބޭފުޅުން ކުރިމަތިލުމަކީ އެ ބޭންކުން އަބަދު ވެސް މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.
މި މަގާމަށް ކުރިމަތިލުމަަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.