ބޮލީވުޑްގެ ތަރި ވަރޫން ދަވަން ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ ފިލްމު "ބޭބީ ޖޯން" ގެ ޓީޒާއެއް ދައްކާލައި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާ ތާރީހު ވެސް މިއަދު އިއުލާންކޮށްފި އެވެ.
ޝާހްރުކް ޚާންގެ މިދިޔަ އަހަރުގެ "ޖަވާން" ގެ ޑައިރެކްޓަރު އެޓްލީ އާއި ޕްރޮޑިއުސަރު މުރާދު ކެތާނީ ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މެއި 31 ގަ އެވެ. "ބޭބީ ޖޯން" ޑައިިރެކްޓްކުރީ ދެކުނުގެ ޑައިރެކްޓަރު ކާލީސް އެވެ.
މި ފިލްމުގައި ވަރޫންއާ އެކީ ބަތަލާގެ ރޯލުން ފެންނަނީ އަލަށް ބޮލީވުޑްގެ ފިލްމެއް ކުޅުނު އަދި ނެޝަނަލް އެވޯޑް ހޯދާފައިވާ ދެކުނު ބަތަލާ ކީރްތީ ސުރޭޝް އާއި ވަމީގާ ގައްބީ އެވެ. "ބޭބީ ޖޯން" ގެ ރޯލަކުން ޖެކީ ޝްރޮފް ވެސް ފެންނާނެ އެވެ.
ވަރޫން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ބަވާލް" އިންނެވެ.