ހޮލީވުޑްގެ މަޝްހޫރު ތަރި ކްރިސް ޕްރެޓްގެ "ޖުރަސިކް ވޯލްޑް" ފިލްމު ސީރީޒަށް ބޮޅެއް އިތުރުކުރަން ނިންމައިފި އެވެ.
މި ސީރީޒްގެ ފުރަތަމަ ދެ ފިލްމަކީ 2015 "ޖުރަސިކް ވޯލްޑް" އާއި 2018 ގެ "ޖުރަސިކް ވޯލްޑް: ފޯލެން ކިންގްޑަމް" އެވެ. މީގެ ތިން ވަނަ ފިލްމު ގެނެސްދޭން ތާރީހު މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެއީ އަންނަ އަހަރުގެ ޖުލައި 2 އެވެ.
ޑެޑްލައިނުން ބުނީ ރަސްމީކޮށް އަދި ނަން އިއުލާން ނުކުރާ "ޖުރަސިކް ވޯލްޑް" ގެ ތިން ވަނަ ފިލްމު ޑައިރެކްޓްކުރާނީ ޑޭވިޑް ލީޗެވެ. އޭނަ އަކީ "ޖޯން ވިކް" އާއި "ޑެޑް ޕޫލް 2" ގެ އިތުރުން ފާސްޓް އެންޑް ފިއުރިއަސްގެ ސްޕިން-އޮފް "ހޮބްސް އެންޑް ޝޯ" ގެނެސްދިން ޑައިރެކްޓަރެވެ.
ޑޭވިޑްގެ އެންމެ ފަހުގެ ފިލްމަކީ 2022 ގައި ބްރެޑް ޕިޓާ އެކީ ގެނެސްދިން "ބްލެޓް ޓްރެއިން" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ މެއި މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެކްޝަން ކޮމެޑީ "ދަ ފޯލް ގާއި" އެވެ.
ޑެޑްލައިނުން ބުނި ގޮތުގައި "ޖުރަސިކް ވޯލްޑް 3" ގެ ސްކްރީންޕްލޭއާ ހަވާލުވެފައި ވަނީ "ޖުރަސިކް ޕާކް" އާއި "ދަ ލޮސްޓް ވޯލްޑް: ޖުރަސިކް ޕާކް" ސްކްރީން ރައިޓަރު ޑޭވިޑް ކޮއެޕް އެވެ.
ޖުމްލަ 215 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 1.671 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "ޖުރަސިކް ވޯލްޑް" އަކީ ކޮލިން ޓްރެވޮރޯ ޑައިރެކްޓްކުރި އެއްޗެކެވެ. މީގެ ދެވަނަ ބައި "ޖުރަސިކް ވޯލްޑް: ފޯލެން ކިންގްޑަމް" އަކީ ޖޭއޭ ބެޔޯނާ ޑައިރެކްޓްކުރި އެއްޗެކެވެ. ބޮކްސް އޮފީހުގައި 1.310 ބިލިއަން ޑޮލަރު ހޯދި އެ ފިލްމު ހެދީ 432 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.