Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ގުރައިދޫން ރައީސަށް ހޫނު މަރުހަބާއެއް ކިޔައިފި

ވެރިކަމަށް ވަޑައިގެންނެވި ފަހުން އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތ. ގުރައިދު އަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އެ ރަށަކީ އިންތިހާބުގައި ރައީސަށް އެންމެ މަތީ ނިސްބަތަކަށް ވޯޓް ވެސް ލިބިވަޑައިގަތް ރަށެވެ.

ރައީސްގެ މި ދަތުރުގައި ގުރައިދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެ އެވެ. ށްލެއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލުކުރައްވާނެ އެވެ.

ރައީސް ތ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި 3 ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.