Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

ޒަކާތު ހައުސް އަށް ޑިރެކްޓަ ޖެނެރަލަކު ހޯދަނީ

ދާދި ފަހުން އުފެއްދި މޯލްޑިވްސް ޒަކާތު ހައުސް އަށް ކޮންޓްރެކްޓް އުސޫލުން ޑިރެކްޓަ ޖެނެރަލަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 8 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ޒަކާތު ހައުސް އަށް ޑިރެކްޓަ ޖެނެރަލަކު ހޯދަނީ އަހަރަކާއި 11 މަސް ދުވަހަށެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމީ ޢިލްމުތަކުގެ ރޮނގަކުން ދަށްވެގެން ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި ދީނީ ދާއިރާގައި އަދި ޒަކާތާ ގުޅޭ މަސައްކަތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ، ޢަރަބި އަދި އިނގިރޭސި ބަސް ރަނގަޅަށް ދަންނަ ނުވަތަ އިސްލާމީ ޢިލްމުތަކުގެ ރޮނގަކުން ދަށްވެގެން ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު ދީނީ ދާއިރާގައި އަދި ޒަކާތާ ގުޅޭ މަސައްކަތުގައި މަދުވެގެން 10 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ، ޢަރަބި އަދި އިނގިރޭސި ބަސް ރަނގަޅަށް ދަންނަ ފަރާތެއްކަމުގައިވުން ހިމެނެ އެވެ.

މަގާމުގެ އަސާސީ މުސާރަ އަކީ 28500ރ. އެވެ. އަދި އެހެނިހެން ޢިނާޔަތްތަކުގެ ތެރޭގައި ލިވިން އެލަވަންސަށް 12،500ރ،
ސާވިސް އެލަވަންސަށް 2،500ރ، ޕެންޝަނާ ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތީން ޕެންޝަން ފައިސާ އަދި ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ހިމެނެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިފުތިތާހުކުރީ މިދިޔަ މަހުގެ މިދިޔަ މަހުގެ 2 ގަ އެވެ.