Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

ޖޯންގެ "ވޭދާ" ޖުލައި 12 އަށް

ޖޯން އަބްރަހަމް ހިމަނައިގެން ޑައިރެކްޓަަރު ނިކިލް އަދުވާނީ ގެނެސްދޭން ހަމަޖެހިފައިވާ އާ ފިލްމު "ވޭދާ" މި އަހަރުގެ ޖުލައި 12 ގައި ރިލީޒްކުރަން ނިންމައި، ފިލްމުގެ ޕޯސްޓަރުތަކެއް މިއަދު ދައްކާލައިފި އެވެ.

މިދިޔަ އަހަރުގެ މެދު ތެރޭގައި ޝޫޓިން ފެށި މި އެކްޝަން ޑްރާމާ ކާސްޓްގައި ޝަރްވާރީ ވާގް އާއި ތަމަންނާ ބާޓިއާ ވެސް ހިމެނެ އެވެ. ޖޯންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އޭނަ ވިލަންއެއްގެ ރޯލުން ފެނިގެން ދިޔަ ޝާހްރުކް ޚާންގެ "ޕަތާން" އެވެ.

ނިކިލްއާ އެކީ ޖޯން އެންމެ ފަހުން މަސައްކަތްކުރި ފިލްމަކީ 2019 ގެ "ބަތުލާ ހައުސް" އެވެ. އޭނަގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ތެހެރާން"، "ދަ ޑިޕްލޮމެޓް" އަދި "ތާރިގު" ހިމެނެ އެވެ.