Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ރައީސްގެ ދެކަނބަލުން މުލީއާގެއަށް ބަދަލުވެވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މުލީއާގެއަށް ބަދަލުވެވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން މުލީއާގެއަށް ބަދަލުވެވަޑައިގެންފައިވަނީ ހޯމަ ދުވަހުއެވެ.

ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް މުއިއްޒު ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަ ގެކޮޅު މ. ދިމްޔާތުގައެވެ. ދިމްޔާތުގައި ދިރިއުޅުއްވަމުން ގެންދެވީ މުލީއާގެ މަރާމާތު ކުރަން ޖެހިފައިހުރުމުން އެ މަރާމާތު ނިމެންދެންނެވެ.

ރިޔާސީގަނޑުވަރު ކަމަށްވާ މުލީއާގޭގައި އެންމެފަހުން އުޅުއްވީ ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހެވެ.

ކުރީގެ ރައީސް މައުމޫމް އަބްދުލްގައްޔޫމް އެމަނިކުފާނުގެ ވެރިކަމުގައި ވަގުތީ ގޮތުން މުލީއާގޭގައި ދިރިއުޅުއްވިއެވެ. އަދި އޭގެފަހުން މުލީއާގޭގައި ދިރިއުޅުއްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.