Last Updated: July 22, 18:06
Thursday, July 23, 2026
މުނިފޫހިފިލުވުން

އެކްޓަރު ވިކްރާންތު ބައްޕައަކަށްވެއްޖެ

މިދިޔަ އަހަރުގެ އެންމެ މަގުބޫލު ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޓުވެލްތު ފެއިލް" ގެ އެކްޓަރު ވިކްރާންތު މަސީ އަށް ދަރިއަކު ލިބިއްޖެ އެވެ.

އޭނަ އާއި އަންހެނުން ޝީތަލް ތާކޫރަށް ލިބުނީ ފިރިހެން ދަރިއެކެވެ. ދަރިފުޅު އިއްޔެ އުފަންވި ވާހަކަ އިންސްޓަގްރާމްގައި ހިއްސާކުރުމާ އެކީ ބޮލީވުޑްގެ މީހުންނާއި ފޭނުން ވެސް އަންނަނީ މަރުހަބާ ކިޔަމުންނެވެ. ބޮލީވުޑްގެ މިހާރުގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކްރާންތު، 36، އާއި ބަތަލާ ޝީތަލް، 32، ކައިވެނިކުރީ 2022 ގަ އެވެ.

"ޓްވެލްތު ފެއިލް" ގައި ދެއްކި މޮޅު އެކްޓިންގެ ސަބަބުން ދާދި ފަހުން ބޭއްވި ފިލްމުފެއާ އެވޯޑްސްގައި އެންމެ މޮޅު އެކްޓަރު ކްރިޓިކް އެވޯޑް ލިބުނު ވިކްރާންތު މިހާތަނަށް ވަރަށް ގިނަ ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭނަގެ އެކްޓިން ކެރިއަރު ފެށުނީ ޓީވީ ސިލްސިލާތަކުންނެވެ.

ވެބް ސީރީޒްތަކެއް ވެސް ކުޅެފައިވާ ކާމިޔާބު އެކްޓަރުގެ ފަސް ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ "ޔާރު ޖިގްރީ"، "ސެކްޓާ 36"، "ޕިރް އާއީ ހަސީން ދިލްރުބާ"، "ދަ ސަބްރަމާތީ ރިޕޯޓް" ގެ އިތުރުން "ޓީއެމްއީ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ އަހަރު ޝާހްރުކް ޚާންގެ "ޑަންކީ" ގެނެސްދިން ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އަންނަނީ ވިކްރާންތާ އެކީ ވެބް ސީރީޒެއް ހަދަން ތައްޔާރީތައްވަމުންނެވެ.