ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ހިނގި މާރާމާރިއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ގަލޮޅު ދަނޑުގައި އިއްޔެ މާރާމާރީ ހިންގާފައިވަނީ ދެވަނަ ޑިވިޝަންގައި ކުޑަހެންވޭރާއި ވިކްޓްރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައެވެ.
މެޗުގެ ފަހު ވަގުތު ވިކްޓްރީގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ކުޑަހެންވޭރުގެ ސަޕޯޓަރުންވަނީ ދަނޑަށް އަރާ، ފައުލް ކުރި ވިކްޓްރީގެ ކުޅުންތެރިއާއަށް އަދި ވިކްޓްރީގެ އޮފިޝަލުންނަށް ހަމަލާދީފައެވެ. މި މާރާމާރީ ހިންގިއިރު ދަނޑުގައި ފުލުހުންވެސް ތިއްބެވެ. އެހެންނަމަވެސް ފުލުހުންނަށް އެކަންކަން ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ، ގަލޮޅު ދަނޑުގައި އިއްޔަ ހިންގި މާރާމާރީ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ.
މި މާރާމާރީ ހިންގި މަންޒަރުތައް ސޯޝަލްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.