Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ފުރޭތަ" އަރާނީ މާޗް 4 ގައި

ޑާކް ރެއިން އެންޓައިންމަންޓުން މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފުރަތަމަ ފިލްމު "ފުރޭތަ" އަންނަ މަހުގެ 4 ގައި އޮލިމްޕަހަށް ގެންނަން ނިންމައިފި އެވެ.

އެކަން މިއަދު އިއުލާންކޮށް އެ ސްޓޫޑިއޯ އިން ވަނީ ފިލްމުގެ މޯޝަން ޕޯސްޓަރެއް ވެސް އާންމުކޮށްފަ އެވެ. ކުރިން މި އަހަރުގެ ޖޫން އަށް ޕްލޭންކޮށްފައި އޮތް ފިލްމު ރޯދައިގެ ކުރިން ގެނެސްދޭން ނިންމައި، ފިލްްމުގެ ޓިކެޓް ބުކްކުރުމގެ ފުރުސަތު ވެސް މި ވަނީ ހުޅުވާލައިފަ އެވެ. ހޮޓްލައިން ނަމްބަރަކީ 9911229 އެވެ.

"ފުރޭތަ" އަކީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ރިވެންޖް ތުރިލާއެކެވެ. އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމުގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، މުހައްމަދު ރިފްޝާން، އައިމިނަތު އަސީލާ، އަހުމަދު ނީލް، އާދަމް ރިޒްވީ އަދި އަލީ ނަދީހު ހިމެނެ އެވެ.

ރެއިންގެ އެންމެ ފަހުގެ ފިލްމަކީ ޑިސެމްބަރުގައި އެޅުވި ލޯބީގެ ފިލްމު "ނޮވެމްބާ" އެވެ.

އޮލިމްޕަހުގައި މިހާރު އޮތީ މި މަހުގެ 1 ގައި އެޅުވި އައި ފިލްމްސްގެ ބިރުވެރި ފިލްމު "ކަންބަޅި" އެވެ. މި އަހަރުގެ ފުރަތަމަ ފިލްމަކީ ދިވެހި ފިލްމު ސްޓޫޑިއޯގެ ލޯބީގެ ފިލްމު "މީ އިޝްގް" އެވެ.