Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ކިލް" އިން އާ އެކްޓަރަކު ތައާރަފު ކުރަނީ

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އާ އެކްޓަރަކު ތައާރަފުކުރަން ހަމަޖެހިފައިވާ ފިލްމު "ކިލް" މި އަހަރުގެ ޖުލައި 5 ގައި ރިލީޒްކުރަން ނިންމައިފި އެވެ.

މިދިޔަ އަހަރު ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ޓީއައިއެފްއެފް) ގައި ޕްރީމިއާކޮށްގެން ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް އޮހުނު މި ފިލްމުން ތައާރަފުކުރާ އެކްޓަރަކީ ލަކްޝް ލަލްވާނީ އެވެ. އޭނަ ދަރުމާ އަށް ސޮއިކުރި ފުރަތަމަ ފިލްމަކީ 2019 ގައި ޝޫޓިން ފަށާފައި ވަނިކޮށް، އޭގެ ކާސްޓުން ކާތިކް އާރިއަން ވަކިކުރުމާ ގުޅިގެން ހުއްޓިފައި އޮތް "ދޯސްތާނާ 2" އެވެ.

އެ ފިލްމު ވާނުވާގައި އޮތް އިރު، "ކިލް" އާ އެކީ ލަކްޝް ބެލުންތެރިންނާ ބައްދަލުކުރާ އިރު، މިއީ އޭނަގެ ވަރުގަދަ އެކްޝަން ރޯލެއް ފެންނާނެ އެއްޗެކެވެ. ވަރަށް ބޮޑު ބައި ރޭލެއްގެ ތެރޭގައި ޝޫޓްކޮށްފައިވާ މި ފިލްމު ލިޔެ، ޑައިރެކްޓްކުރޫ ނިކިލް ނާގޭޝް ބަޓެވެ.

"ކިލް" ގެ ކާސްޓްގައި ރާގަވް ޖުޔަލް އާއި ތާނިއާ މަނިކްތަލާ ވެސް ހިމެނެ އެވެ.

ކަރަންގެ ދަރުމާ މި އަހަރު ގެނެސްދޭނެ ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 15 އަށް ތާވަލުކޮށްފައި ސިދާތު މަލްއުތުރާގެ އެކްޝަން ތުރިލާ "ޔޯދާ" އެވެ. އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޑައިރެކްޓްކޮށް ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.