Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

އޮސްކާ ނޮމިނޭޝަނަށް އާ ކެޓަގަރީއެއް

ފިލްމީ ދާއިރާ އިން ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އޮސްކާގެ ނޮމިނޭޝަނަށް އާ ކެޓަގަރީއެއް އިތުރުކޮށްފި އެވެ.

އެ އެވޯޑް އިންތިޒާމުރާ އެކަޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިސންސެސް އޭއެމްޕީއޭއެސް) އިިން އަލަށް އިތުރުކުރި ކެޓަގަރީ އަކީ "ބެސްޓް ކާސްޓިން ޑިރެކްޓާ" ކެޓަގަރީ އަށް އެވެ. މި ކެޓަގަރީން އޮސްކާ ދޭން ފަށާނީ 2026 އިން ފެށިގެންނެވެ. މިކަން އިއުލާންކޮށް ބުނެފައި ވަނީ ކާސްޓިން ޑައިރެކްޓަރުންނަކީ ފިލްމު އުފެއްދުމުގެ މަރުހަލާގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި އެހެންވެ އެ ކެޓަގަރީ ނޮމިނޭޝަންސްގައި ހިމެނުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

"އަހަރެމެން ވަރަށް ފަހުރުވެރިވަން އޮސްކާ ނޮމިނޭޝަނަށް ކާސްޓިން ޑައިރެކްޓަރު ކެޓަގަރީ އިތުރުކުރެވޭތީ. މިއީ ވަރަށް މުހިއްމު ބޮޑު ބަދަލަކަށް ވާނެ." އެކަޑެމީގެ ސީއީއޯ ބިލް ކްރޭމާ ވިދާޅުވި އެވެ.

މިފަދަ ބަދަލެއް އޮސްކާ އަށް މި ގެނައި ކާސްޓިން ޑައިރެކްޓަރު ކެޓަގަރީ އޮސްކާގައި ހިމަނައި ދޭން އެދޭތާ ވަރަށް ގިނަ ދުވަސް ފަހުންނެވެ.

އެ ކެޓަގަރީ ނޮމިނޭޝަންސްގައި ހިމަނަން ނިންމުންވެފައި މި ވަނީ 2002 ގެ ފަހުން އާ ކެޓަގަރީއެއް އޮސްކާގައި ހިމެނި ފުރަތަމަ ފަހަރަށެވެ. އެންމެ ފަހުން އޮސްކާ އަށް އިތުރު ކެޓަގަރީ އަކީ 2002 އިން ފެށިގެން ދޭން ފެށި "ބެސްޓް އެނިމޭޓެޑް ފީޗާ" އެވެ.

އޮސްކާ ނޮމިނޭޝަންގައި މިހާރު ހިމެނެނީ 24 ކެޓަގަރީ އެވެ.

ކުރިއަށް އޮތީ 96 ވަނަ އޮސްކާ އެވޯޑް ހަފުލާ އެވެ. އެ ހަފުލާ ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 10 އަށެވެ.