ސްރީ ލަންކާ އާއި އިންޑިއާގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އިސްލާމާއީ ދިވެހި މާއްދާ އަލުން ކިޔަވައި ދޭން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީ މިދިޔަ ހަފުތާގައި ތ. އަތޮޅަށް ކުރެއްވި ދަތުރުގައި އެ އަތޮޅު ވަންދޫގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ދިވެއްސާއި އިސްލާމް އަވައްޓެރި ދެ ގައުމުގައި ކިޔަވައި ދިނުން ހުއްޓިފައި އޮތީ މިދިޔަ ސަރުކާރުގައި އަޅައިލުން ކުޑަވުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް ހަފުތާގެ ތެރޭގައި ދިވެއްސާއި އިސްލާމް ކިޔަވައި ދިނުމުގެ ޕްރޮގްރާމު އަލުން ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ޝަފީއު ވިދާޅުވީ އިންޑިއާ އާއި ލަންކާގެ އިތުރުން ދިވެހިން ދިރިއުޅޭ އެހެން ގައުމުތަކުގައި ވެސް އެ ދެ މާއްދާ ކިޔަވައި ދޭން ފަށަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް އިސްލާމާއި ދިވެހި ކިޔަވައި ދޭން ފެށީ 2014 ގަ އެވެ.