Last Updated: June 13, 20:58
Saturday, June 13, 2026
ޚަބަރު

ހަދިޔާކުރާ ކާޑު ހޯދަން ރަޖިސްޓްރީވާކަށް ނުޖެހޭނެ

ރޯދަ ހަދިޔާއެއްގެ ގޮތުގައި ސަރުކާރުން ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވާ ކާޑުގެ ބާވަވްތައް ހަދަން ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ހަދިޔާކުރާ ހަނޑުލާއި ފުށް ހޯދަން ރަޖިސްޓްރީވުމަށް އެދި މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނަކާ ގުޅިގެން މިނިސްޓަރު ސޯޝަލް މީޑިއާގައި ވިދާޅުވީ ކާޑު ހޯދަން ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށެވެ. އާދަމް ޝަރީފު ވިދާޅުވީ ސަރުކާރުން ހަދިޔާކުރާ ހަނޑުލާއި ފުށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީނުވެ މާލޭގެ ގޭބިސީތަކަށް ވެސް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނެފައި ވަނީ ކާޑު ހޯދަން މި މަހުގެ 25 ގެ ކުރިން ނަންނޯޓު ކުރަން އެދޭ ކަމަށެވެ.

ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރަން ނިންމާފައިވެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާންކުރެއްވީ މިދިޔަ މަހުގެ 13 ގަ އެވެ.