ތިން ބައި-އިލެކްޝަންއެއްގެ ވޯޓުލުން ފެށިގެން ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މިއަދު ކުރިއަށްދަނީ ފ. އަތޮޅު ކައުންސިލް ރައީސް، ވ. ފެލިދޫ ކައުންސިލް ރައީސް އަދި ރ. ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
މި 3 ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 08:00 ގައި ފަށާފައިވާއިރު ހަވީރު 04:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އީސީން މައުލޫމާތު ދީފައިވެއެވެ.
މި ތިން އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ޖުމުލަ 5574 މީހުންނަަށެވެ. އަދި 11:00 އާ ހަމައަށް ވޯޓުލާފައިވަނީ ޖުމުލަ 657 މީހުން ކަމަށްވެސް އީސީން ހާމަކޮށްފައިވެއެވެ.