Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމް ފަށައިފި

އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ގައުމީ މަޝްރޫއުގެ ފުރަތަމަ ބުރު ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ގއ. ގެމަނަފުށީގައި ފެށި ޕްރޮގްރާމްގައި ފުރަތަމަ ބުރުގައި ދެކުނުގެ ރަށްރަށުން 77 އިމާމުން ބައިވެރިވެ އެވެ.

މި ތަމްރީން ޕްރޮގްރާމްތައް ހަތަރު ދުވަހަށް ކުރިއަށް ގެންދާ އިރު، ޖުމްލަ ނުވަ މާއްދާއެއް ކިޔަވައި ދޭނެ އެވެ.

އޭގެ ތެރޭގައި ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފުސީރާއި، ފިޤުހާއި، ޙަދީސާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައި ދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އިމާމުންގެ ޝަޚްޞިއްޔަތު ބިނާކުރާނެ އެވެ.

އިމާމުން ތަމްރީންކުރުމުގެ ގައުމީ މަޝްރޫއަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި މަޝްރޫއުގެ ތެރެއިން އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީން ފޯރުކޮށްދީ މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށް ދޭނެ އެވެ. ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރުގެތެރޭ 700 އިމާމުން ތަމްރީނު ކުރުމެވެ.