Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

މާޔަންގެ ފަށް ފޭރުނު މައްސަލައިގައި 2 މީހަކު ހައްޔަރަށް

އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރިޔަމް މުހައްމަދު (މާޔަން) ގެ ކަރުގައި އޮތް ފަށް ފޭރުނު މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މާޔަންގެ ކަރުން ފަށް ފޭރިގަނެފައިވަނީ އިއްޔެ ފަތިހު 06:20 ހާއިރު ހުޅުމާލޭގައި ކަސްރަތަށް ނުކުމެ އުޅެނިކޮށް ސައިކަލެއްގައި ދިޔަ ދެމީހުންނެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މި މައްސަލައިގައި ދިވެހި ދެ ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ފޭރުނު ކަމަށްބުނާ ފަށް ފެނުނު ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.