Last Updated: June 13, 20:58
Saturday, June 13, 2026
ޚަބަރު

އިމާރާތުން ވެއްޓުނު މީހާ މަރުވެއްޖެ

މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ބުރިން މިއަދު ވެއްޓުނު ބިދޭސީ މީހާ މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް 20 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އޭނަ ވެއްޓުނީ އޭސީއެއްގެ މަސައްކަތް ކުރަމުން ދަނިކޮށް ޗާންދަނީ މަގުގެ އިމާރާތެއްގެ ނުވަ ވަނަ ބުރިން ސިޑި ގޮޅިއަށް ވެއްޓި އެވެ. އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ހެނދުނު 10:30 އެހާކަށްހާ އިރު އެވެ.

އެ މީހާ މަރުވީ ފަރުވާ ދެމުން ދަނިކޮށް މެންދުރު ފަހު އެވެ.