Last Updated: May 2, 15:21
Thursday, May 2, 2024
ޚަބަރު

"ބެޓީ ކްރޮކާ" ކޭކް މިކްސްތަކެއްގައި އުކުނު!

ބެޓީ ކްރޮކާ ބްރޭންޑުގެ މިލްކް ޗޮކްލެޓާއި ޗޮކްލެޓް ފަޖް ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެތަނުން އެ ވިއްކުން މަނާކުރީ އެ ދެ ބާތުގެ ޕެކެޓް މިކްސްގައުި އުކުނު ހުރި ކަމަށް ބުނެ އާންމު ފަރާތަކުން ހުށައެޅި ޝަކުވާއަކާ ގުޅިގެން އެކަން ބެލުމަށް މާލޭގެ ބާޒާރުގައި ހުރި ބާވަތްތަކުން ސާމްޕަލް ނަގައި ޓެސްޓްކުރުމަށް ފަހު އެވެ. އެގޮތުން ހެދި ޓެސްޓްތަކުން ދައްކާ ގޮތުގައި ސާމްޕަލްތަކުގައި "ލަމްޕްސް" ނުވަތަ ފުށް ގަނޑުވެފައިވާކަބް ފާހަގަ ވެފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. އަދި ބައެއް ސާމްޕަލްތަކުގައި އުކުނު ފަދަ ކުދި ދިރޭ ސޫޕިތަކުން ފުރިފައިވާ ކަމަށް ބުންޏެވެ.

އެހެންވެ އެއީ ކެއުމަށް ރައްކާތެރި ތަކެތި ނޫން ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ރަށްކާތެރިކަމުގެ ގޮތުން އެ ބާވަތްތައް ވިއްކައި ބޭނުންކުރުން މަނާކޮށްފައިވެ އެވެ.