ހަނގުރާމަތަކެއްގެ ތެރޭގައި އޮތް ބައެއް ގައުމުތަކަށް އެހީދޭން ހިމެނޭ ގޮތަށް އެމެރިކާގެ ސެނެޓުން މިއަދު 95.3 ބިލިއަން ޑޮލަރުގެ އެހީ ދޭން ފާސްކޮށްފި އެވެ
ޑިމޮކްރެޓްސް އާއި ރިބަޕްލިކަން ޕާޓީގެ މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާޔުވުންތަކާ އެކީ އެހީގެ ބިލް ފާސްކުރި އިރު، ބިލަށް ވޯޓް ދިނީ ރިޕަބްލިކަން ޕާޓީގެ 22 މެންބަރެކެވެ. މި ބިލަށް ބަހުސްކޮށް، ފާސްކުރި އިރު އިރު، ސެނެޓްގެ ރައީސް އަދި ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ މައިކް ޖޯންސަންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް ބިލަށް އަމާޒުވި އެވެ.
މިއަދު މި ފާސްކުރި 95.5 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްއި މައިގަނޑު ގޮތެއްގައި ހިމެނެނީ އިޒްރޭލުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށް ބުނެ ދޭން ކަނޑައަޅާފައިވާ 14.1 ބިލިއަން ޑޮލަރާއި ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަށް ޔުކްރޭނަށް އެހީވާން ދޭން ކަނޑައަޅާފައިވާ 60 ބިލިއަން ޑޮލަރުގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށް ދޭން ހާއްސަކުރި 9.2 ބިލިއަން ޑޮލަރެވެ.
މީގެ އިތުރުން އިންޑޯ-ޕެސިފިކް ރީޖަންގެ ގައުމުތަކަށް އެހީވާން 4.8 ބިލިއަން ޑޮލަރު ވެސް ޕެކޭޖްގައި ހިމަނާފައިވެ އެވެ.
ބިލް ފާސްވުމާ ގުޅިގެން ސެނެޓް މައިނޯރިޓީ ލީޑަރު މިޗް މިކޮނެލް ވިދާޅުވީ މިއަދު ފާސްކުރި ބިލާ އެކީ ސާބިތުކޮށް ދިނީ އެމެރިކާގެ ލީޑަޝިޕްގެ ވަރުގަދަކަން ކަމަށެވެ.
"މިއަދު މިއީ ތާރީހުގައި ލިޔެވޭނެ މުހިއްމު ދުވަހެއް." އޭނަ ވިދާޅުވި އެވެ.