އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވުމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ފޯމު ހުށަހަޅުއްވައިފިއެވެ.
ދުންޔާ އަމިއްލަ ގޮތުން ވާދަކުރައްވަނީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ.
އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށްފަހު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ދުންޔާ ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާގެ ގިނަ ރައްޔިތުން އެދެނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުން އޭނާ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ސާބިތުވެ ހުންނާނެ ކަމަށް ވިދާޅުވިއެވެ.
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ #hulhumaledhekunu dhaaira ge gina raiyyithunge ge edhumuge mathin alhugandu minivan candidate eh ge gothun Majlis2024 gai vaadha kurumah formu husha halhaifin! Raiyyithunnah khidhmaiy kurumugaai saabithuve hunnaanan Insha Allah! pic.twitter.com/NCRXVgYuzH
— Dunya Maumoon (@dunyamaumoon) February 14, 2024
ދުންޔާ ވަނީ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައިވެސް ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާފައެވެ. އެ ޕްރައިމަރީގައި ހުޅުމާލެ ދެކުނު ދާއިރާއަށް ފަސް ކެންޑިޑޭޓުން ކުރިމަތިލެއްވިއެވެ. އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ 240 ވޯޓާއެކު ޝާނީޒް ހާޝިމްއެވެ. ދުންޔާއަށް އެ ޕްރައިމަރީގައި 3 ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނުއިރު، ލިބިފައިވަނީ 70 ވޯޓެވެ.
މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިއަދު މެންދުރު 02:00 އެވެ.