މިއުޒިޝަނަކަށް ނުވި ނަމަ ވާނީ ކައްކާއަކަށް ކަމަށް ބޭޑް ބަނީގެ ނަމުން މަޝްހޫރު ބެނިޓޯ އެންޓޯނިއޯ މާޓިނޭޒް އޮސާސިއޯ ބުނެފި އެވެ.
ޕޯޓަރިކޯ އަށް އުފަން އުމުރުން 29 އަހަރުގެ ފަންނާނު "އިންޓަވިއު މެގަޒިން" އަޑް ދިން އިންޓަވިއުއެއްގައި ބުނީ އޭނަގެ މިއުޒިކީ ކެރިއަރު ކާމިޔާބު ނުވި ނަމަވެސް މާޔޫސް ނުވީސް ކަމަށެވެ. ސަބަބަކީ ކެރިއަރެއްގެ ގޮތުގައި ދެވަނަ އޮޕްޝަނެއް އަބަދު ވެސް ސިކުނޑި ތެރޭގައި އެނބުރެމުން ދިއުން ކަމަށް ބުންޏެވެ.
އެގޮތުން ކެއްކުމަކީ ވަރަށް ޝައުގުވެރި ކަމެއް ކަމަށް ބޭޑް ބަނީ ބުންޏެވެ. އޭނަ ބުނީ ކަލިނަރީ ދާއިރާ އަކީ ވެސް "ކްރިއޭޓިވް އާޓެއް" ކަމަށް ގަބޫލުކުރާ ކަމަށެވެ.
"މިއުޒިކް ގޮތަށް ކެއްކުމަކީ އެ މީހެއްގެ އަމިއްލަ ކްރިއޭޓިވިޓީ ނެރެން ޖެހޭ ކަމެއް. އެގޮތުން އަމިއްލަ މިއުޒިކް އުފައްދާ ގޮތަށް އަމިއްލަ ރެސިޕީތައް އީޖާދު ކުރުމަކީ ހަމަ ވަރަށް ކްރިއޭޓިވް މަސައްކަތެއް." ރެޕާއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ބޭޑް ބަނީ ބުންޏެވެ.
އޭނަ ބުނި ގޮތުގައި ކެއްކުން ކެރިއަރަކަށް އޮޕްޝަނެއްގެ ގޮތުގައި އޮތް ނަމަވެސް މިއުޒިކަކީ ވަރަށް ކުޑައިރުން ފެށިގެން ޝައުގުވެރިކަން އުފެދި، ލޯބި ޖެހިފައި އޮތް ކަމެކެވެ. އެކަމަކު މިއުޒިކީ ދާއިރާ އަށް ނުކުތް އިރު ކާމިޔާބު މީހަކަށް ވެވިދާނެކަމުގެ މާ ބޮޑު ޔަގީން ކަމެއް ނެތް ކަމަށް ބުންޏެވެ.
"ނަމަވެސް އުފާކުރަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު އަހަންނާއި އަހަރެންގެ މަސައްކަތް ބަލައިގެންފައިވާތީ." ތިން ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ބޭޑް ބަނީ ބުންޏެވެ.
އޭނަ މިހާތަނަށް މަގުބޫލު ފަަސް އަލްބަމް ވެސް ނެރެފައިވެ އެވެ. ފުރަތަމަ އަލްބަމް "އެކްސް 100ޕްރީ" 2018 ގައި ނެރުނު ފަންނާނުގެ އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރުގެ "ނޯބަޑީ ނޯސް ވަޓް އިޒް ގޮއިންޓް ހެޕެން ޓުމޯރޯ" އެވެ.
ބޭޑް ބަނީ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބްރެޑް ޕިޓްގެ 2022 ގެ "ބްލެޓް ޓްރެއިން" ހިމެނެ އެވެ.