ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން 10 ދާއިރާއަކަށް ވާދަކުރަން ނިންމައިފިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 ދާއިރާއަކަށް ކެންޑިޑޭޓުން އިންތިހާބު ކުރާނެއެވެ. އޭގެތެރެއިން 10 ދާއިރާއަކަށް ޖޭޕީން ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ފޯމު ހުށަހަޅާފައެވެ.
ޖޭޕީގެ ޓިކެޓުގައި ވާދަކުރަނީ މާމިނގިލީ ދާއިރާއަށް އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް، ހުޅުމާލެ ދެކުނު ދާއިރާއަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ކެންދޫ ދާއިރާއަށް އެ ދާއިރާގެ މިހާރުގެ މެންބަރު އަލީ ހުސައިން، ހެންޥޭރު ހުޅަނގު ދާއިރާއަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް، އުންގޫފާރު ދާއިރާއަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ދުވާފަރު ދާއިރާއަށް ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު، ތިނަދޫ އުތުރު ދާއިރާއަށް ކުރީގެ މެންބަރު އަހުމަދު އަބްދުﷲ، ނޮޅިވަރަމް ދާއިރާއަށް ކުރީގެ މެންބަރު ހުސައިން ޝަހުދީ، ދާންދޫ ދާއިރާއަށް ނިޝާމާ މުހައްމަދު އަދި އޭދަފުށީ ދާއިރާއަށް މުހައްމަދު ނާސިރުއެވެ.
މީގެތެރެއިން މާމިނގިލީ ދާއިރާއަށް ސަރުކާރަށް ނިސްބަތްވާ ޕީއެންސީން ކެންޑިޑޭޓެއް ނުނެރުމަށް ވަނީ ނިންމާފައެވެ.