Last Updated: May 2, 14:39
Thursday, May 2, 2024
ޚަބަރު

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރަނީ

މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރަން އެޗްޕީއޭ އިން ނިންމައިފި އެވެ.

އެޗްޕީއޭ އިން ބުނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއަޅައި، އާއްމު ޞިއްހަތަށް ރައްކާތެރިގޮތުގައި ޚިދުމަތް ދިނުމަށް ބާރުވެރިކޮށް އަހުލުވެރިކުރުމުގެ މަޤްޞަދުގައި، މި އަހަރުވެސް ރަމަޟާން މަސް ފެށުމުގެ ކުރިން ޚާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.

އެގޮތުން މި މަހު 18 އިން ފެށިގެން މާލޭ ސަރަޙައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ބަލާ ފާސްކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މި ޙަރަކާތް ކުރިއަށް ގެންދެވެނީ މާލޭ ސިޓީ ކައުންސިލާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ހުޅުމާލޭ ހޮސްޕިޓަލް އަދި ކަމާ ގުޅުން ހުރި މުއައްސަސާތައް ގުޅިގެން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.