Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އުތުރާއި ދެކުނުގައި 40،000 ހައުސިން ޔުނިޓް އަޅަނީ

ހިތަދޫގައި ކުރިން އަޅާފައިވާ ފްލެޓްތަކެއް.

ރާއްޖޭގެ އުތުރާއި ދެކުނުގައި އަޅަން ނިންމާފައިވާ 40،000 ހައުސިން ޔުނިޓަށް އިންވެސްޓަރުން ހޯދުމުގެ ސަރުކާރުން ފަށައިފި އެވެ.

ހައުސިން ޔުނިޓްތައް ދެކުނުގައި އަޅަން ނިންމާފައި ވަނީ ގއ، ގދ، ފުވައްމުލައް އަދި އައްޑޫގަ އެވެ. އުތުރުގައި ހައުސިން ޔުނިޓްތައް އަޅާނީ ހއ، ހދ. އަދި ށ. އަތޮޅުގަ އެވެ.

ދުބާއީގައި އިއްޔެ ފެށި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި މިކަމާ ބެހޭ މައުލޫމާތު ސަރުކާރުން ހިއްސާކޮށްފައިވެ އެވެ. އެގޮތުން ނިންމާފައި ވަނީ ހަތަރު ބުރި އާއި ތިން ބުރީގެ ހައުސިން ޔުނިޓްތަކާއި، 15-20 ބުރީގެ ހައުސިން ޔުނިޓްތައް އެޅުމަށެވެ.

މީގެ ތެރެއިން ބައެއް ތަންތަން ހަދަން ހަމަޖެހިފައި ވަނީ ވިޔަފާރިއަށް ހާއްސަ ޖާގަތަކާ ވެސް އެކީގަ އެވެ.

ހައުސިން ޔުނިޓްތައް އެޅުމަށް އިންވެސްޓަރުން ހޯދަނީ ކޮންޓްރެކްޓާ ފައިނޭންސާއި ކޮންސެޝަނަލް ފައިނޭންސިން މޮޑެލް މެދުވެރިކޮށް ކަމަށް ސަރުކާރުން ބުންޏެވެ.