ރާއްޖޭގައި 114 ކިލޯގެ ކަންނެއްޏެއް ބާނައިފި އެވެ.
މަސްވެރިކަމާ ގުޅޭ މައުލޫމާތު ގެނެސްދޭ "މަސްވެރި އިހަވަންދޫ" ޕޭޖުގައި ބުނެފައިވާ ގޮތުގައި ރީނދޫ އުރަހަ ކަންނެލީ ގައި 114 ކިލޯ ހުއްޓެވެ.
މި ކަންނެލި ބާނާފައި ވަނީ ހއ. ހޯރަފުށީ މަސް ދޯންޏަކުން ކަމަށް އެ ޕޭޖުގައި ބުނެފައިވެ އެވެ.
ރާއްޖޭގައި މީގެކުރިން ވަނީ ބަރުދަނުގައި 231 ކިލޯ ހުރި ކަންނެއްޏެއް ވެސް ބާނާފަ އެވެ. އެ ކަންނެލި ބާނާފައިވަނީ ރާއްޖޭގައި ލޭނު އެޅުމުގެ މަސައްކަތް ކުރާ ބޯޓަކުންނެވެ.