މޯލްޑިވްސް ޒަކާތު ހައުސްގެ ޓީމެއް މިއަދު ތިލަދުންމައްޗަށް ފުރައިފި އެވެ.
ހަތަރު ބޭފުޅަކު ހިމެނޭ މި ޓީމުގެ މި ދަތުރަކީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރާ ދަތުރެވެ. ޒަކާތު ހައުސް އިން ބުނީ މި ދަތުރަކީ ޒަކާތަށް އާންމުން ހޭލުންތެރިކުރުމަށާއި ޒަކާތު ނަފާ ޕްރޮގްރާމްގެ އެހީ ލިބުނު ފަރާތްތަކުގެ ހާލަތު ދެނެގަތުމަށް ކުރާ ދަތުރެއް ކަމަށެވެ. މީގެ އިތުރުން މި ދަތުރުގައި ހދ. އާއި ހއ. އަތޮޅުގެ ބައެއް ރަށްރަށުގެ މިސްކިތްތަކުގައި ޒަކާތާ ގުޅޭ މަޢުލޫމާތު ދީ، ކައުންސިލްތަކާ ވެސް ޒަކާތު ހައުސްގެ ޓީމް ބައްދަލު ކުރާނެ އެވެ.
މޯލްޑިވްސް ޒަކާތު ހައުސް އުފެއްދީ ޑިސެމްބަރު މަހުގެ 8 ގަ އެވެ. އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ މި އިދާރާގެ މަގުސަދަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުވެ.
އެގޮތުން ރަސްމީކޮށް ޒަކާތު ހައުސް އިފުތިތާހުކުރީ މިދިޔަ މަހުގެ 2 ގަ އެވެ.