އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ފުރަތަމަ ބުރުގައި 64 އިމާމުން ފުރިހަމަކޮށް، ސެޓްފިކެޓުް ހާސިލުކޮށްފި އެވެ.
މިދިތޔަ ހޯމަ ދުވަހު ގއ. ގެމަނަފުށީގައި ފެށި ޕްރޮގްރާމްގައި 77 އިމާމަކު ބައިވެރިވި އެވެ. ނަމަވެސް ސެޓްފިކެޓު ހާސިލުކުރީ 64 އިމާމުންނެވެ.
އެ ޕްރޮގްރާމުގައި ޖުމްލަ 9 މާއްދާއެއް ކިޔަވައި ދިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފުސީރާއި، ފިޤުހާއި، ޙަދީސާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައި ދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އިމާމުންގެ ޝަހުސިއްޔަތު ބިނާކުރުން ހިމެނެ އެވެ.
އިމާމުން ތަމްރީންކުރުމުގެ ގައުމީ މަޝްރޫއަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި މަޝްރޫއުގެ ތެރެއިން އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީން ފޯރުކޮށްދީ މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށް ދޭނެ އެވެ. ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރުގެތެރޭ 700 އިމާމުން ތަމްރީނު ކުރުމެވެ.