Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ގުޅީފަޅު ހިއްކުން ހުއްޓުވި އަމުރު އިސްތިއުނާފުކޮށްފި

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް- ފޮޓޯ: ރައީސް އޮފީސް

ހައިކޯޓުން ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓުވި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ކުރީ ސަރުކާރުން ގޯތި ދޫކުރުމަށް ނިންމާފައިވާ ގުޅީފަޅު މަސައްކަތް ހުއްޓާލުމުގެ ވަގުތީ އަމަރެއް ހައިކޯޓުން ނެރެފައިވަނީ، އެތަން ހިއްކަނީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން އަމިއްލަ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ބަންޑާރަނައިބު އަހުމަދު އުޝާމްވަނީ ހައިކޯޓުގެ އަމުރު ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފު ކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ހައިކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ވެސް ސުޕްރީމް ކޯޓުގައި އެދިފައިވެއެވެ.

މިމައްސަލައިގައި ހައިކޯޓުގެ ވަގުތީ އަމުރާ ގުޅިގެން އޭޖީ އުޝާމް އިއްޔެ ވިދާޅުވެފައިވަނީ ގުޅީފަޅު މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކީ ދައުލަތަށް އެތަށް މިލިއަން ރުފިޔާއެއްގެ ގެއްލުން ވަމުންދާ ދުވަހެއް ކަމަށެވެ.