Last Updated: April 27, 19:42
Saturday, April 27, 2024
ޚަބަރު

ނޫރު މިސްކިތުގައި ތަރާވީސް ކުރާނީ 11 އަހަރުގެ ކުއްޖެއް

ކުރިއަށް އޮތް ރޯދަ މަހު މާލޭގެ ނޫރު މިސްކިތުގައި ތަރާވީސް ނަމާދުކުރާ އިމާމަކަށް 11 އަހަރުގެ ކުއްޖަކު ހަމަޖައްސައިފިއެވެ.

އެކަމަށް ހަމަޖެއްސީ އަލްހާފިޒް އިޒްކާން އަޖީބު ހުސެއިނެވެ. އެ ކުއްޖާ އާއިލާއާ އިސްލާމި މިނިސްޓަރު ބައްދަލު ވެސް ކުރައްވާފައިވެ އެވެ. ޝަހީމް ވަނީ އެހާ ޅަ އުމުރުގައި އިޒްކާން ހޯއްދެވީ ކާމިޔާބީއެއްކަން ފާހަގަކުރައްވައި ހިތްވަރު ވެސް ދެއްވައިފަ އެވެ.

ފަހަކަށް އައިސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ކުޑަކުދިން ރޯދަ މަހު އިމާމުވެ ތަރާވީސް ކުރަމުން އަންނަކަން ފާހަގަކުރެވެ އެވެ.

ސަރުކާރުން މިހާރު އަންނަނީ ގްރޭޑް 11،10 އަދި 12 ގައި ކިޔަވާ އަދި ކިޔެވުން ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދޭން ވެސް މަސައްކަތް ކުރަމުންނެވެ. އެއީ ތަމްރީނު ޕްރޮގްރާމްތަކަކަށް ފަހު އެވެ. އެގޮތުން ރޯދަ މަހު އެ ތަމްރީނުގެ ފުރަތަމަ ބުރުގެ ދަރިވަރުންތަކެއް އިމާމުވެ ހުކުރު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.