ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ސަނީ ޑިއޯލްގެ ފިލްމު "ލާހޯރް، 1947" ގެ ރޯލަކަށް އޭނަގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް އޮޑިޝަން ހަދާފައިވާ ކަމަށް ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ ބުނެފި އެވެ.
އޭނަ ބުނީ އާމިރު ޚާން ޕްރޮޑިއުސްކުރާ މި ފިލްމުގައި ޒުވާން އެކްޓަރެއްގެ މުހިއްމު ރޯލެއް ހިމެނޭ ކަމަށެވެ. އެހެންވެ އެ ރޯލަށް އެކްޓަރަކު ހޯދަން ކުރި މަސައްކަރުގެ ތެރޭގައި ކަރަން ވެސް އޮޑިޝަން ހެދި ކަމަށް ބުންޏެވެ. ނަމަވެސް އޭނަ "ލާހޯރް، 1947" އަށް ނެގިކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
މިދިޔަ އަހަރު ކައިވެނި ވެސް ކޮށްފައިވާ ކަރަން އަކީ ސަނީ ޑައިރެކްޓްކުރި 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިން ބޮލީވުޑަށް ނެރުނު އެކްޓަރެކެވެ. އެކަމަކު އޭގެ ފަހުން ކަރަންއަކަށް މިހާތަނަކަށް މާ ރަނގަޅު ފުރުސަތުތަކެއް ނުލިބެ އެވެ. ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ބައްޕަ ސަނީ އާއި ބޮޑުބޭބެ ބޮބީ ޑިއޯލްގެ އިތުރުން ކާފަ ދަރުމެންދުރާގެ 2007 ގެ "އަޕްނޭ" ގެ ސީކްއެލް 2020 ގައި އިއުލާންކުރި އިރު، އޭގެ ކާސްޓްގައި ކަރަން ހިމެނޭކަމެވެ.
މިދިޔަ އަހަރު ސަނީގެ "ގަދަރު 2" ގެނެސްދިން ޑައިރެކްޓަރުގެ އެ ފިލްމުގެ މަސައްކަތް ފެށޭނެ އިރެއް އަދި ނޭނގެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ލާހޯރް، 1947" ގެ ބަތަލާ އަކީ ޕްރިތީ ޒިންތާ އެވެ. އަދި މީގެ ރޯލެއް ޝަބާނާ އާޒްމީ ކުޅޭ އިރު، އާމިރުގެ ވަރަށް ހާއްސަ ފެނިލުމެއް ވެސް ފިލްމުގައި ހިމެނޭނެ އެވެ.
ސަނީގެ ހަގު ދަރިފުޅު ރަޖްވީރް ޑިއޯލް މިދިޔަ އަހަރު ބޮލީވުޑަށް ނުކުތީ "ދޯނޯ" އިންނެވެ.