Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

މުދަލު ޒަކާތަށް ހޭލުންތެރި ކުރަނީ

މުދަލު ޒަކާތައް ހޭލުންތެރިކުރުމަށް ހާއްސަ ޕްރޮގުރާމެއް ފަށައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއީ ދިވެހި ވިޔަފާރިވެރިން މުދަލު ޒަކާތައް އަހުލުވެރިކުރުމުގެ މަގުސަދުގައި ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ. ޕްރޮގުރާމުގެ ތެރެއިން މުދަލު ޒަކާތް ނެރެވޭނެ ގޮތާއި އެކަމާ ގުޅޭ މުހިއްމު މައުލޫމާތު ފޮރުކޮށްދިނުމާއި، މުދަލު ޒަކާތް ދައްކަން ފަސޭހަކޮށް ދިނުމާއި ވިޔަފާރިވެރިންގެ ވިސްނުން މިކަމާ ގުޅޭ ގޮތުން ހުރި ގޮތް ބެލުމާ އެކީ ކިބަ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ފުރަތަމަ ޕްރޮގުރާމް ވަނީ ހދ. ކުޅުދުފުއްފުށީގައި ބާއްވައިފަ އެވެ. މޯލްޑިވްސް ޒަކާތު ހައުސްގެ ޓީމެއް މިހާރު އަންނަނީ ހައްދުންމަތީގައި ހަރަކާތްތެރިވަމުންނެވެ.

މުދަލު ޒަކާތުގެ މިހާރުގެ ނިސާބަކީ 7،140ރ. ކަމަށެވެ.

މުދަލު ޒަކާތަކީ އިސްލާމް ދީނުގެ ރުކުނަކަށްވާ އިރު، އެ މީހެއްގެ މިލްކިއްޔާތުގައި ނިޞާބުހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އަހަރެއްވުމުން، ޝަރުޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި 2.5 ޕަސެންޓް ނެރެން ޖެހެ އެވެ/