Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އިމާމުންތަކެއް ތަމްރީނަށް ސައުދީ އަށް ފުރައިފި

ރާއްޖޭގެ އިމާމުންނާއި ހަތީބުންނަށް ރާއްޖެއިން ބޭރުން ތަމްރީނު ދޭން މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ތެރެއިން ފުރަތަމަ ބެޗްގެ އިމާމުން މިއަދު ސައުދީ އަރަބިއްޔާ އަށް ފުރައިފި އެވެ.

މިއަދު މެންދުރު ފަހު ފުރި ޓީމްގައި ރާއްޖޭގެ އެކި ހިސާބުތަކުން 20 އިމާމަކު ހިމެނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިމާމުންގެ މި ތަމްރީނު ދަތުރުގައި މައްކާ އާއި މަދީނާގެ ހާއްސަ ތަންތަނަށް ޒިޔާރަތް ވެސް ކުރާނެ ކަމަށެވެ.

އިމާމުންނާއި ޚަޠީބުން ތަމްރީނުކުރަން މިއަދު ސައުދީ އަށް ފޮނުވި އިރު، މި އަހަރުގެ ތެރޭގައި އިތުރު އިމާމުންނާއި ޚަތީމުން މިސްރާއި މެލޭޝިއާ އާއި ބުރޫނާއި އަސި އިންޑޮނޭޝިޔާ ވެސް ފޮނުވަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.