Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ފުރޭތަ" އޮންލައިންކޮށް ޓިކެޓް ވިއްކަނީ

"ފުރޭތަ" ގެ ލީޑް ބަތަލު ޝަރަފު.

އަންނަ މަހު އޮލިމްޕަށް ގެންނަން ހަމަޖެހިފައިވާ ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" ގެ ޓިކެޓް އޮންލައިންކޮށް ވިއްކަން ފަށައިފި އެވެ.

އެ ފިލްމު ގެނެސްދޭ ޑާކް ރެއިން އެންޓަޓައިންމަންޓުން ބުނީ ޕްރީމިއާ ޝޯގެ ޓިކެޓް ވިއްކަނީ 200ރ. އަށް ކަމަށާއި އެހެން ޝޯތަކުގެ ޓިކެޓްގެ އަގަކީ 150ރ. ކަމަށެވެ.

"ފުރޭތަ" އަކީ ޑާކް ރެއިނުން މި އަހަރު ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފިލްމެވެ. އަދި އޮލިމްޕަހަށް މި އަހަރު ގެންނަ ތިން ވަނަ ފިލްމެވެ. "ފުރޭތަ" އަކީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމުގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، މުހައްމަދު ރިފްޝާން، އައިމިނަތު އަސީލާ، އަހުމަދު ނީލް، އާދަމް ރިޒްވީ އަދި އަލީ ނަދީހު ހިމެނެ އެވެ.

ޑާކް ރެއިންގެ އެންމެ ފަހުގެ ފިލްމަކީ ޑިސެމްބަރުގައި އެޅުވި ލޯބީގެ ފިލްމު "ނޮވެމްބާ" އެވެ.

އޮލިމްޕަހުގައި މިހާރު އޮތީ މި މަހުގެ 1 ގައި އެޅުވި އައި ފިލްމްސްގެ ބިރުވެރި ފިލްމު "ކަންބަޅި" އެވެ. މި އަހަރުގެ ފުރަތަމަ ފިލްމަކީ ދިވެހި ފިލްމު ސްޓޫޑިއޯގެ ލޯބީގެ ފިލްމު "މީ އިޝްގް" އެވެ