Last Updated: July 11, 06:01
Saturday, July 11, 2026
ޚަބަރު

ޗެކްމާކް އަހުމަދު ނިންމީ މަޖިލީހަށް ވާދަނުކުރަން

މި އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަނުކުރައްވަން ހިތަދޫ މެދު ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް އަހުމަދު) ނިންމައިވައިފި އެވެ.

އޭނަ އަކީ އިންތިހާބުގައި ވާދަކުރައްވަން ހުށަހެޅުވުމަށް ފަހު ނަން އަނބުރާ ގެންދެވި ހަތަރު މީހުންގެ ތެރެއިން އެކެކެވެ. ކުރިން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދަކީ މިހާރު ޑަ ޑިމޮކްރެޓްސްގެ މެންބަރެކެވެ. އޭނަ އިންތިހާބުގައި ވާދަނުކުރައްވަން ނިންމައި، ނަން އަނބުރާ ގެންދެވި ނަމަވެސް ސަބަބު ހާމަކުރައްވައިފައެއް ނުވެ އެވެ.

މަޖިލިސް އިންތިހާބު ވާދަކުރަނީ 368 ކެންޑިޑޭޓުންނެވެ. މީގެ ތެރޭގައި ގިނައީ އަމިއްލަ ގޮތުން ވާދަކުރާ މީހުންނެވެ. އެއީ 130 ކެންޑިޑޭޓުންނެވެ.