Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ޝާހްރުކްގެ އަންހެނުން ރެސްޓޯރަންޓެއް ހުޅުވައިފި

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ޝާހްރުކް ޚާންގެ އަންހެނުން ގޯރީ ޚާން ރެސްޓޯރަންޓެއް ހުޅުވައިފި އެވެ.

ނުފޫޒު ގަދަ އިންޓީރިއާ ޑިޒައިނަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ގޯރީ މުމްބާއީގައި ހުޅުވި ރެސްޓޯރަންޓްގެ ނަމަކީ "ޓޯރީ" އެވެ. އެތަން ހުޅުވަން އިއްޔެ ރޭ ބޭއްވި ހަފުލާގައި އޭނަގެ އެންމެ ގާތް ރައްޓެހިންނާއި ފިލްމީ ދާއިރާގެ ބައެއް މީހުން ވެސް ބައިވެރިވި އެވެ.

"ޓޯރީ" އަކީ ގޯރީގެ ފުރަތަމަ ރެސްޓޯރަންޓެވެ. ތިން ކުދިންގެ މަންމަ އަކީ ގޯރީ ޑިޒައިން (ޖީކޭ) ގެ ނަމުގައި މުމްބާއީގައި އިންޓީރިއާ ޑިޒައިން ސްޓޫޑިއޯއެއް ވެސް ހިންގަމުން އަންނަ މީހެކެވެ.

ފިރިމީހާ ޝާހްރުކް އިންޑިއާގެ ނުފޫޒު ގަދަ ފިލްމީ ތަރިންގެ ތެރޭގައި ހިމެނުނަސް ގޯރީ އަކީ، ފިރިމީހާއާ ނުލައި އޭނަގެ އަމިއްލަ ވިޔަފާރި ހިންގަމުން އަންނަ މީހެކެވެ.