Last Updated: May 11, 06:48
Saturday, May 11, 2024
ޚަބަރު

މަރަދޫ ދާއިރާގެ ކުރީގެ ކައުންސިލަރު އާސިފް ޕީޕީއެމް އަށް

ރޭ ޕީޕީއެމް އާއި ގުޅިވަޑައިގަތް އާސިފް އެ ޕާޓީއަށް ސޮއިކުރައްވަނީ، ފޮޓޯ: ކިއުންތެރިއެއް

އެމްޑީޕީގެ އެކްޓިވިސްޓް އަދި ކުރީ ސަރުކާރުގައި މަރަދޫ ދާއިރާގެ ކައުންސިލަރުކަން ކުރެއްވި އަހްމަދު އާސިފް ރޭ ޕީޕީއެމް އާއި ގުޅިވަޑައިގެންފި އެވެ.

މަރަދޫ އަސުރުމާގޮފީގައި ރޭ ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އާސިފް އާ އެކު އިތުރު ބަޔަކު ވަނީ ޕީޕީއެމް އާ ގުޅިފަ އެވެ.

ރޭ ޕީޕީއެމްއާއި ގުޅުނު އާސިފްވަނީ 21 މަސް ދުވަސް ވަންދެން މަަރދޫ ދާއިރާގެ ކައުންސިލަރ ކަން ކުރައްވައި އަދި އޭގެ ފަހުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެޗްއާރް ޑިރެކްޓަރުގެ މަގާމު ވެސް އަދާކޮށްފަ އެވެ.

ޕީޕީއެމްގެ އައްޑޫގެ އިސް އޮފިޝަލަކު ރޭ "އައްޑޫ ލަައިވް" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެޕާޓީ އާ ގުޅުނު އާސިފަކީ ވަރަށް ހީވާގިކަމާއެކު މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އޮފީހަށް ހެޔޮ ބަދަލެއް ގެނެސް ދެއްވި ޤާބިލް ބޭފުޅެއް ކަމަށެވެ.

އަދި އާސިފްއަކީ މުވައްޒަފުންނާއި ރައްޔިތުން ބަލައިގަތް، ވަކި ފިކުރަކަށް ބެލުމެއް ނެތި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ވެސް ޕީޕީއެމުން ބުނެ އެވެ.