Last Updated: April 29, 13:40
Monday, April 29, 2024
ޚަބަރު

ރޯދަ އިނާޔަތް ދޭން ހަނދާންކޮށް ދީފި

ރޯދަ މަސް ފެށުމުގެ ކުރިން ދިވެހި މުވައްޒަފުންނަށް ރޯދަ އެލަވަންސް ދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އިން ހަނދާންކޮށް ދީފި އެވެ.

އެތަނުން ނެރުނު އިއުލާނެއްގައި ބުނީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރޯދަ މަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް 3،000ރ. ރުފިޔާ ދޭން ވާނެ ކަމަށެވެ. ނަމަވެސް ވަޒީފާ ދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދޭ ކަމަށާއިއ، އިނާޔަތް ދިންކަމުގައި ވިޔަސް ގާނޫނުގައި ބަޔާންކޮށްފައިވާ ވަރަށް ދީފައި ނުވާކަން މީގެ ކުރިން ވެސް ފާހަގަކުރެވިފައިވާ އެލްއާރްއޭއިން ބުންޏެވެ.

އެހެންވެ ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އިނާޔަތް ގާނޫނުގައިވާ ގޮތަށް ދިނުމަށް ހަނދާކޮށް ދީފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ރޯދަ އެލަވަންސް ނުދީފި ނަމަ އެކަމަށް ނަސޭހަތްތެރިވެ، އެ ކަން ތަކުރާރުވެެއްޖެ ނަމަ 5،000-50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ. އަދިއަދި ވަޒީފާ ދޭ ފަރާތްތަކަށް ސަރުކާރުން ދޭ ހުއްދަ ބާތިލުކުރުން ފަދަ ފިޔަވަޅުތައް ވެސް އެޅިދާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.