Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ގައުމީ އިނާމު ކޮމިޓީގެ ޗެއާއަކަށް ކަށިމާ ޝާކިރު

ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕާސަންގެ މަގާމަށް ކަށިމާ އަހުމަދު ޝާކިރު އައްޔަންކޮށްފި އެވެ.

އޭނަ އެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޔަން ކުރެއްވީ ކޮމިޓީގެ ޗެއާޕަސަންގެ މަގާމުގައި ހުންނެވި ކުރީގެ މިނިސްޓަރު އަނީސާ އަހުމަދު، ސިއްހީ ސަބަބުތަކަކަށްޓަކައި އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެންނެވެ.

އަނީސާގެ އިސްތިއުފާ ގަބޫލު ކުރައްވައި ރައީސް ފޮނުއްވި ސިޓީގައި، ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކީގައި ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށްޓަކައި ޝުކުރު އަދާކުރައްވާފައިވެ އެވެ.

ގައުމީ އިނާމާބެހޭ ކޮމިޓީ އަށް ޝާކިރު އައްޔަން ކުރުމުގެ އިތުރުން އެ ކޮމިޓީގެ މެންބަރަކަށް ހުންނެވި ކަމުގައި ހުއިބްރާހީމް އިސްމާއީލް އަލީ، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރުމާ ގުޅިގެން އޭނަގެ ބަދަލުގައި، އެ ކޮމިޓީގެ މެންބަރު ކަމަށް މައްޗަންގޮޅި ވިލުވެލި ބަދުރުއްނަސީރު އައްޔަންކޮށްފައިވެ އެވެ.