Last Updated: April 29, 06:03
Monday, April 29, 2024
ޚަބަރު

އޯއާރްއާރްއޭއޭގެ ބޯޑަށް ޝައުނާ

އޯޝަން ރިސްކް އެންޑް ރިސިލިއެންސް އެކްޝަން އެލަޔެންސް (އޯއާރްއާރްއޭއޭ) ގެ ބޯޑުގެ ޑިރެކްޓަރުގެ މަގާމަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އައްޔަންކޮށްފި އެވެ.

އޯއާރްއާރްއޭއޭ އަކީ ކަނޑު ފަޅުގެ ރައްކާތެރިކަމާއި ގޮނޑުދޮށް ސަރަހައްދުގައި ދިރިއުޅޭ ކޮމިއުނިޓީތަކުގެ ތަރައްގީއަށް އިންވެސްޓްމެންޓް ހޯދުމަށް މަސައްކަތްކުރާ ބައިނައްލަގުވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އިން ވަނީ 2030 ގެ ނިޔަލަށް އެފަދަ ސަރަހައްދުތަކަށް 500 މިލިއަން ޑޮލަރު އިންވެސްޓުކުރަން އަމާޒު ހިފައިފަ އެވެ.

އޯއާރްއާރްއޭއޭ އިން ޝައުނާ އަށް މަރުހަބާ ކިޔައި ފާއިތުވި އަހަރުތަކުގައި ތިމާވެށީގެ ދާއިރާއަށް އޭނަ ކުރެއްވި ހިދުމަތްތައް ފާހަގަކޮށްފައިވެ އެވެ.

ޝައުނާ ވަނީ 2021-2023 ހަމައަށް އެންވަޔަރަމަންޓް މިނިސްޓަރުގެ 2018-2021 އަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމު ފުރުއްވައިފަ އެވެ.