Last Updated: July 27, 10:26
Saturday, July 27, 2024
މުނިފޫހިފިލުވުން

ސިދާތު މަތިންދާބޯޓެއް ސަލާމަތް ކުރަނީ

ބަޔަކު ހައިޖެކްކުރާ މަތިންދާބޯޓެއް ސަލާމަތްކުރަން އެކްޓަރު ސިދާތު މަލްއުތުރާ ކުރާ ހިތްވަރު ގަދަ މަސައްކަތް ދައްކުވައި ދޭ އެކްޝަން ތުރިލާ "ޔޯދާ" ގެ ޓީޒާ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

އަންނަ މަހުގެ 15 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ސާގަރް އަމްބްރޭ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ދަރުމާ އިން މި އަހަރު ސިނަމާ އަށް ގެނެސްދޭ ފުރަތަމަ ފިލްމުގެ ކާސްޓްގައި ޑިޝާ ޕަޓާނީ އާއި ރާޝީ ކަންނާ ވެސް ހިމެނެ އެވެ.

ސިދާތު އެންމެ ފަހުން ފެނިފައި ވަނީ ރޯހިތު ޝެޓީ މިދިޔަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނެސްދިން ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" އިންނެވެ.

ބަތަލާ ކިއާރާ އަދުވާނީގެ ފިރިމީހާ ސިދާތަކީ ކަރަން ޑައިރެކްޓްކުރި 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނެރުނު އެކްޓަރެކެވެ. "ޔޯދާ" އަކީ އޭނަ އަށް ދަރުމާ އަށް ކުޅުނު 7 ވަނަ ފިލްމެވެ.