Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

އެ އެލާޓް ތ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ނެރެފައި ވަނީ ހެނދުނު 7:00 އިން ފެށިގެން މެންދުރު 12:00 އާ ހަމަށެވެ. އެގޮތުން އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފައިވެ އެވެ.

އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.