Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު

ހުޅުމީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރަނީ

އައްޑޫ ހުޅުމީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެކަމުގެ ޔަގީންކަން ދެއްވީ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ހުޅުމީދޫ ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ހުޅުމީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ބަދަލުކޮށް ދެއްވާނެ ކަމަށާއި އެކަމަށްޓަކައި އެތަނުގައި ގާއިމުކުރަން ޖެހޭ ވަސީލަތްތައް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒަކީ ކުރިން ވެސް ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީ ކުރަން ވާހަކަތަކެއް ދެކެވި، އެފަދަ ބައެއް މަސައްކަތްތައް ވެސް ކުރެވިފައިވާ ތަނެކެވެ.

ރައީސް އިއްޔެ ވިދާޅުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ޚިދުމަތްތައް ފުޅާކޮށް ސިއްހީ ޚިދުމަތް ހޯދުމަށް މާލެ ދާން ނުޖެހޭނެ ފެންވަރަށް އެތަނުގެ ހިދުމަތްތައް ބަދަލު ފުޅާކޮށް ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.